ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ އާއި ގުޅޭ މައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނިކޮށް، މައްސަލައިގެ ފުރަތަމަ އަޑުއެހުން ފެށެން ވަގުތު ކުޑަތަންވުމުން، ސުޕްރީމްކޯޓު ސަރަހައްދުން ކަރަންޓު ކަނޑާލައިފިއެވެ.

Ads by Asuru

ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރިމް ކޯޓަށް ހުށަހެޅުމުން، އެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު 2:30 އަށެވެ.

ރައީސް ޔާމިންގެ ކެންޑިޑެސީ ފޯމު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

އެމަނިކުފާނުގެ ވަކީލުން ވިދާޅުވާ ގޮތުގައި، ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް، ރައީސް ޔާމީނަށް ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ. އަދި އެމަނިކުފާނުގެ ކެންޑިޑެސީ ކަށަވަރު ވެގެންދާނެ ކަމަށް ވެސް ވަކީލުން ޔަގީން ކުރައްވައެވެ.