ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް، މަޖިލީހުގެ ފަރެސްތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު(ސެމްބެ) ހަމަޖައްސައިފިއެވެ.

Ads by Asuru

ހުސެއިން ރަނިން މޭޓަކަށް ހަމަޖައްސަވައި މުއިއްޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މާތް ރަސްކަލާންގެ އިރާދަފުޅާއި ވާގިފުޅުން ރައީސް ޔާމީނަށް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށެވެ.

ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަނިކުފާނު ދެއްވާފައިވާ އިރުޝާދާއެކު، ވާދަކުރާނޭ ބެކްއަޕް ކެންޑިޑޭޓްގެ ރަނިންގމޭޓުގެ ގޮތުގައި ބޭފުޅަކު ހަމަޖައްސާ، އެޕްލިކޭޝަން ތައްޔާރުކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ދެކޭ ކަމަށެވެ.

މިއީ އަޅުގަނޑުގެ ޒިންމާއެއްކަމުގައި ދެކޭ ހިނދު، އަޅުގަނޑުގެ ރަނިންގމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ހުސައިން މުހައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމިކަން ދަންނަވަން. އަޅުގަނޑުގެ ދުއާ އަކީ، 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެންޑިޑޭޓް ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން. އަދި މި ތައްޔާރުކުރެވޭ ”ބެކްއަޕް“ އެޕްލިކޭޝަން ލާންނުޖެހުން.

މުއިއްޒު ވިދާޅުވީ ހުސެއިންއަކީ، ޒުވާން، ތައުލީމީ، ގާބިލް ހިދުމަތްތެރިއެއް ކަމަށެވެ.

އޭނާ އަކީ ރައީސް ޔާމީނާއި ވަރަށް އަރިސް ބޭފުޅެކެވެ.