މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނަމަ، ޕްލޭން ބީ އަކީ، ނުވަތަ ދެވަނަ ވިސްނުމަކީ އެ ޕާޓީން އެހެން ކެންޑިޑޭޓަކުން ނެރުން ކަމަށް ބުނެފައި ވަނިކޮށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ޕީޕީއެމްއިން ވަނީ ރައީސް ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމާ ނަމަ، އެހެން ކެންޑިޑޭޓަކު ނެރެން އެ ޕާޓީއަށް ފުރުސަތު ދޭން އެދިފައެވެ.
އަދި ޕްލޭން ސީގެ ގޮތުގައި، ޕީއެންސީން ވާދަ ކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހޮވައިފައެވެ.
އެނގިފައިވާ ގޮތުގައި ރައީސް ވަހީދު މިހާރު ވަނީ ކުށުގެ ރެކޯޑު ސާފު ކުރަން ހުށަހަޅައިފައެވެ. އެއީ ޕީޕީއެމްގެ ފަރާތުން އިންތިޚާބުގައި ވާދަ ކުރައްވަން ކަމެއް ސާފެއް ނޫނެވެ.

އަހަރުންވެސް ޔާމީން ނޫން ކެންޑިޑޭޓެއް ގަބޫލެއް ނުކުރާނަމެވެ. މިއީކީ ވިރާސީ ރަސްކަމެއް ނޫނެވެ. އެއްރަސްކަލަކު ދާއިރަށް އަނެކަކު ދެއްކިޔަސް ގަބޫލެއް ނުކުރެވޭނެއެވެ. އަހަރުމެންގެ އަމިއްލަ އިޚްތިޔާރެއް ވެރިކަމުގައި ނޯންނާނެ ހެއްޔެވެ؟ މިއީ އެހާ ނިކަމެތި ބަޔެއް ހެއްޔެވެ؟