އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް، މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަމަޖައްސައިފިއެވެ.

ސިޓީ ހިތަދުއަށް ނިސްބަތްވާ އަސްލަމަކީ މިހާރު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރެވެ.

އަސްލަމް ރައްޔިތުންގެ މަޖިލިސް މެންބަރު ކަމަށް ފުރަތަމަ ހޮވިވަޑައިގެންނެވީ 2005 ވަނަ އަހަރުއެވެ.

ރައީސް ސޯލިހުގެ ރަނިންމޭޓަކީ އަސްލަމްކަން މިއަދު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކުރިން އަޑު ފެތުރިފައިވާ ގޮތުގައި، ރައީސް ސޯލިހުގެ ރަނިންމޭޓަކަށް ވެވަޑައިގަންނަވާނީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.