ދައުލަތުގެ މީޑިއާ ހިންގާ ޓީވީއެމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ޓީވީއެމްގެ އިކްއިޕްމެންޓްތަކެއް ހުރި ކޮޓަރިއެއްގަ އެވެ. އެކަމާއި ގުޅިގެން ޕީއެސްއެމް އިމާރާތުން ވަނީ ކަރަންޓު ކަނޑާލާފައެވެ.
މީގެ އިތުރުން ޕީއެސްއެމްގެ ޓީވީ ޗެނަލްތައް މިވަގުތު ފޮނުވަމުން ދަނީ ބެކަޕް ކަރަންޓުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
