ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން(އީސީ)އިން ނިންމި ނިންމުމާ ގުޅިގެން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ހުކުމް، މާދަމާ އިއްވުމަށް ތާވަލު ކޮށްފިއެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނުގެ ކިބައިގައި ޝަރުތު ފުރިހަމަނުވާ ކަމަށް ބަލައި އީސީން ނިންމީ ކެންޑިޑެސީ ބަލައިނުގަތުމަށެވެ.

އެ ނިންމުން ބިނާކުރީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގެ މައްޗަށެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ފެށީ އިއްޔެ ހަވީރުގައެވެ.