ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންގމޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ހަމަޖައްސައިފިއެވެ.
ދަ ޑިމޮކްރެޓްސްއިން މިއަދު ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންގމޭޓަކަށް އަމްރު ހަމަޖެއްސިކަން އިއުލާނުކޮށްފައެވެ.
އެ ޕާޓީން ބުނީ އިލްޔާސާއި އަމްރުގެ ކެންޑިޑެސީ ފޯމު މިއަދު 13:00 ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ހަމަޖެހިފައިވާާ ކަމަށެވެ.
