ޖޫރިމަނާ އަކީ އަދަބެއް ކަމަށާއި، އެއީ ސާބިތު ދަރަންޏެއް ނޫން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް އެ ފަދައިން ވިދާޅުވީ މިއަދު ސްޕްރީމް ކޯޓުން ރައީސް ޔާމީނަށް ޙުކުމު ކުރުމާއި ގުޅިގެން ކުރެއްވެވި ޓްވީޓެއްގައެވެ.

”ސާބިތު ދަރަނި ތިޔަ މާނަ ކުރެއްވީ ގޯސްކޮށް، ކޯޓެއްގެ ޙުކުމަކުން ކުރެވުނު ކަމުގައިވިޔަސް ޖޫރިމަނާއާއި ސާބިތު ދަރަންޏަކީ ތަފާތު ދެ އެއްޗެއް، ޖޫރިމަނާއަކީ އަދަބެއް އެއީ ސާބިތު ދަރަންޏެއް ނޫން“ ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ އަސާސީ ހައްގެއް ގާނޫނު ހަދާ މަޖިލީހުން ގަސްދުގައި ކަނޑައެޅިގެން ހަނިކުރުމުގެ ނިޔަތް ގެންގުޅެފައިވާކަން މާއްދާއެއްގެ ނައްސު ސަރީހަ ގޮތެއްގައި ދޭހަވާން ނެތްނަމަ، އެ މާއްދާއެއް މާނަ ކުރަން ވާނީ އެ ހައްގެއް ގެއްލިގެން ދައުވާ ކުރާ ފަރާތުގެ މަސްލަހަތުގައި ކަމަށެވެ.