އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދަރިފުޅު އަހްމަދު ފުވާދު (ދޫނި) މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައި ވަނީ އިންޑިއާގެ ޓްރިވިންޑްރަމްގައެވެ.

އެނގިފައިވާ ގޮތުގައި އޭނާ ޓްރިވިންޑްރަމްގައި ހުރީ ކިޑްނީއާއި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ކުރާށެވެ. އަދި އެކަމަށް ފަރުވާ ކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ތައުޒިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.