ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދ. ކުޑަހުވަދޫ ފެނަކަ އޮފީހުގެ އާ އިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ދ.ކުޑަހުވަދޫ ފެނަކަ އާ އޮފީސް ހުޅުވައިދެއްވާފައިވަނީ އެމަނިކުފާނު މިހާރު ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ.

ކުޑަހުވަދޫގައި ޅުއްވައިދެއްވި ފެނަކަ އާ އޮފީސް އިމާރާތަކީ އެތަނުގައި ހުރި 20 އަހަރު ކުރީގެ އޮފީސް އިމާރާތެއް ތަޅާލުމަށްފަހު އަޅާފައިވާ އިމާރާތެކެވެ.

މި އޮފީހަކީ 40 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ޖާގަ ތަނަވަސް އޮފީސް އިމާރާތެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މީގެއިތުރުން އިއްޔެ ދ. މާއެނބޫދޫ ފުޓްސަލް ދަނޑުވެސް ރައީސް ސޯލިހު އިއްޔެ ވަނީ ހުޅުވައިދެއްވާފައެވެ.

މި ދަނޑަކީ އެރަށު ޒުވާނުން ބޭނުންވާގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ކަމަށް ސަރުކާރުން ބުނެއެވެ.