ރޭގެ ވަގުތެއްގައި ހައްޔަރުކުރި ދ.ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަހްމަދު މައުރޫފު ދޫކޮށްލައިފިއެވެ.

އޭނާ އަކީ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސްގެ މެމްބަރެކެވެ. ކުރިން އޭނާ ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ.

މިއަދު މެންދުރުފަހު އޭނާ ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމުމަށް އެ ރަށު ކޯޓަށް ހާޒިރުކުރުމުންނެވެ.

ރޭގެ ވަގުތެއްގައި މައުރޫފު ހައްޔަރުކުރީ އަމިއްލަ ގޭގައި ހުންނަވައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް ޝުއޫރު ފާޅުކުރައްވަމުން ގެންދަވަނިކޮށެވެ.

މައުރޫފު ހައްޔަރުކުރަން ފުލުހުން އެ ގެއަށް ވަނީ ކޯޓު އަމުރަކާ ވެސް ނުލައި ކަމަށް އޭނާގެ ދަރިއަކު ވަނީ ބުނެފައެވެ.