ޖުމްހޫރީ ޕާޓީ(ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރިޔާސީ މެނިފެސްޓޯ މިރޭ ލޯންޗް ކުރަން ނިންމައިފިއެވެ.

Ads by Asuru

މިކަން ހާމަ ކުރައްވައިފައިވަނީ، ގާސިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމީ ކެންޑިޑޭޓް ގާސިމްގެ ރިޔާސީ މެނިފެސްޓޯ މިރޭ 9 ޖަހާއިރު ލޯންޗް ކުރެވޭނެ ކަމަށެވެ.

އަދި މިކަމަށްޓަކައި ބާއްވާ ރަސްމިއްޔާތަށް، ގާސިމްގެ ސަޕޯޓަރުންނަށް ޖޭޕީގެ މައި އޮފީީސް މ.ކުނޫޒަށް އައުމަށް ދައުވަތު ވެސް ދެއްވިއެވެ.

ގާސިމް މީގެ ކުރިން ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ، ރައްޔިތުން އޭނާ އެއްބުރުން ހޮވާނެ ކަމުގެ އުއްމީދުގައި ކަމަށެވެ.