ސިޔާސީ އެއްވެސް ލީޑަރަކު، ސިޔާސީ ބަންދެއްގައި ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގދ.އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ގައްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ނިމެން ކައިރިވީއިރު، އެއްވެސް ސިޔާސީ ލީޑަރަކު ސިޔާސީ ބަންދެއްގައި ނެތް ކަމަށާއި، އެއްވެސް ކޯޓެއްގެ ފުރާޅުން ޓިނު ވެސް ނަގާފައި ނުވާނެ ކަމަށެވެ.
”އެ ތަފާތު ފެންނަން އެބައޮތް، ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް، އަޅުގަނޑުމެންގެ ވަޒީރުން، 321 ފަހަރު ރައްޔިތުންގެ މަޖިލީހަށް ގޮސްފި.“
ރައީީސް ސޯލިހު ސިޔާސީ ލީޑަރަކު ސިޔާސީ ބަންދެއްގައި ނެތް ކަމަށް ވިދާޅުވިއިރު، ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރައީީސް ޔާމީން އަބްދުލްގައްޔޫމް މިހާރު ވެސް ގެންދަވަނީ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ލިސްޓުގައި އެތައް ނަމެއް އޮތްއިރު، ދައުވާ އުފުލި، އަދަބު ދެމުންދަނީ ހަމައެކަނި ރައީީސް ޔާމީނަށް ކަމަށް ވުމާއިއެކު، މިއީ ސަރުކާރުން ރާވައިގެން އެމަނިކުފާނަށް ދެމުން އަންނަ އަނިޔާއެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ޜައީސް ޔާމީނު ޖަލުގައެއޮންނަވަނީ ސިޔާސީބަންދެއްގަ އެއީ މީހަކަށްދެވޭ ކިހާބޮޑުއަނިޔާއެއް ޕޯޑިއަމުތަކުގަ ވާހަކަ ދައްކަން ނޭގޭމީހުން އެތަންތަނައްނާރާނީ
ބީތާބިއްލޫރި،އިބްރާހީމް މުޙައްމަދު ޞާލިޙު(ޕްރޮފެސަރޗޯރޭ)ތެދުބަހުން ވާހަކަދެއްކުމަށް އަންގާ އަމުރުކުރަން.