ތަރައްގީ އަކީ ކޮބައިކަން ދަސްކޮށްދެއްވީ، ޕީޕީއެމްގެ ރައީީސް، ރައީީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕާއެކުގައި، ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގެންނެވި ފަހުން ނޫޫސްވެރިންނާއި ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، އެ ކޯލިޝަންގެ ވެރިކަމެއް ކުރާނީ ރައީސް ޔާމީންގެ ތަރައްގީގެ ފިކުރުގައި، އެ ގައުމީ ޖޯޝުގައި ކަމަށެވެ.
”ތަރައްގީގެ ވައުދުތައް އަޅުގަނޑުމެން ވާނީ، ތަރައްގީ ގެނެސްދޭނެ ގޮތް އެނގިގެން، ރައީީސް ޔާމީންގެ އިރުޝާދާއި އެކީގައި، އެމަނިކުފާނުގެ ލަފަޔާއި އެކީގައި ކުރިއަށް އޮތް ފަސް އަހަރު އަޅުގަނޑުމެން ތަރައްގީ ގެނެސްދޭނީ.“
މުއިއްޒު އިތުރަށް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ގައުމުގެ އިގްތިސާދު ކޮޅަށް ޖަހައި، ހަމަޖެހުން ގާއިމުކޮށް، އަޅާލުންތެރި މުޖްތަމައުއަކަށް ހަދާނެ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ގޭބަންދަށް ބަދަލު ކޮށްދެއްވުމަށް ރައީީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފޯނުން ގުޅުއްވައި އާދޭސް ދަންނަވައިފައިވާނެ ކަމަށާއި، އެކަމާ ދޭތެރޭގައި ވިސްނަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށެވެ.

ސާބަހޭ ޑރ މުއިއްޒު ތީ ފިސާރި ހިތްވަރުގަދަ ބޭފުޅެއް