ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި އެމްޑީއޭގެ ނައިބު ލީޑަރު، ޑރ.އައިޝަތު ރަފިއްޔާ އަވަގުރާނަ ގޮވައިފިއެވެ.
ރަފިއްޔާ ވަރަށް ހުތުރުކޮށް އަވަގުރާނަ ގޮވީ، ރޭ ގދ.ގައްދޫގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ ޖަލްސާގައެވެ. އޭނާގެ ވާހަކައިގައި ކުރީ ސަރުކާރަށް ފާޑު ވިދާޅުވަމުން ގޮސް އަވަގުރާނަ ގޮވިއިރު، އެ ޖަލްސާ ޓީވީތަކުން ލައިވް ވެސް ކުރިއެވެ.
ރަފިއްޔާ އަވަގުރާނަ ގޮވާ މަންޒަރު ފެންނަ ވީޑިއޯ، ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު، އޭނާގެ އެއްވެސް ލަދުވެތިކަމެއް ނެތްކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ އޭނާ އަށާއި، އެމްޑީއޭގެ އިތުރުން، މި ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އަވަގުރާނަ ގޮވުމަށް ފަހު، ރަފިއްޔާ މިހައިތަނަށް އާއްމުންގެ ކިބައިން މާފަށް އެދިފައެއް ނުވެއެވެ.
ި

ކީއްކުރާނީ. އެމް.ޑީ.އޭ. ގެ ޙާލަތު ހައްތާވެސް…