ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ޑރ.މުހައްމަދު މުއިއްޒުއަށް ކެންޑިޑޭޓުންގެ ލިސްޓުގެ ހަތަރު ވަނަ ނަންބަރު ލިބިވަޑައިގެންފިއެވެ.

އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ވަނީ ތަރުތީބު ކޮށްފައެވެ. ކެންޑިޑޭޓު ނަންބަރު 1 ލިބިވަޑައިގަތީ، އުމަރު ނަސީރެވެ. 2 ހަސަން ޒަމީލަށެވެ. 3 ލިބިވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށެވެ.

5 ‏ވަނަ ނަންބަރު ލިބިވަޑައިގަތީ ގާސިމް އިބްރާހީމަށެވެ. ފާރިސް މައުމޫނަށް 6 ލިބިލެއްވިއިރު، އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 7އެވެ. މުހައްމަދު ނާޒިމްއަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު 8އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ.