ހުޅުމާލޭގެ ދެވަނަ ފިޔަވަހި(ފޭސް 2)އިން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ރ. މާކުރަތު / ގަހާކޯޅި، ޢާއިޝާ ބިންތް މަޙްމޫދު ރިޔާޟް (12އ) ގެއްލިގެން އޮގަސްޓް 10 ވަނަ ދުވަހުގެ 00:58 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ، އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

”ޢާއިޝާ ބިންތް މަޙްމޫދު ރިޔާޟް އެންމެ ފަހުން ފެނިފައިވަނީ ހިޔާ ފްލެޓްގައި އެކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން އޮގަސްޓް 9 ވަނަ ދުވަހުގެ އިރުއޮއްސުނުހާއިރު.“ ފުލުހުން ބުނެފައިވެއެވެ.

 

ޢާއިޝާ ބިންތް މަޙްމޫދު ރިޔާޟް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.