ހުޅުމާލޭގެ ފޭސް ޓޫއިން ގެއްލުނު، ކުޑަ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 1:44 ހާއިރު މާލެއިން އެ ކުއްޖާ ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ހޯދަމުން ދިޔައީ ރ. މާކުރަތު، އުމުރުން 12 އަހަރުގެ އައިޝާ ބިންތު މަހްމޫދު ރިޔާޒެވެ.
އެނގިފައިވާ ގޮތުގައި އައިޝާ ގެއްލިފައި ވަނީ އިއްޔެ އިރުއޮއްސި 6:00 ހާއިރު އާއިލާ ދިރިއުޅޭ ހިޔާ ފްލެޓުން ބޭރަށް ނުކުތް ފަހުންނެވެ. ފުލުހުން ބުނީ، ކުއްޖާ ގެއްލިގެން ރިޕޯޓް ކުރީ ރޭ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ކަމަށެވެ.