ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު އަކީ ތައުލީމީ، ގާބިލު އަދި މުރާލި ލީޑަރެއް ކަމަށް އެ ޕާޓީގެ ނައިބު ރައީީސް މުހައްމަދު ހުސެއިން ޝަރީފު(މުންދު) ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މުންދު ވިދާޅުވީ އޭނާގެ އިޒަތްތެރި އަހް ޑރ.މުއިއްޒު އަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.
”މަޑުމައިތިރި، ހިތްތިރި، ހުލްގު ހެޔޮ ބޭފުޅެއް. ތައުލީމީ، ގާބިލު، ތަޖުރިބާކާރު ހިންގުންތެރިއެއް. ވަފާތެރި، މުރާލި، ތޫނުފިލި ލީޑަރެއް. އެމަނިކުފާނުގެ އަރިއަހުގައި މަސަތްކަތްކުރުމަށް އިތުރު ފުރުސަތެއް ލިބުނީތީ އުފާކުރަން.“
އޭނާ ވިދާޅުވީ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ފުޅާ މިންވަރެއްގައި ހިދްމަތްކުރުމަށް ނިޔަތްގަނެ، ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
މުއިއްޒު އާއި، އެމަނިކުފާނުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފުގެ ކެމްޕެއިން ޖަގަހަ، ”ދިވެހީންގެ ޖަގަހަ“ ރޭ އަލިމަސް ކާނިވަލުގައި ވަނީ ހުޅުވައިފައެވެ.
ރޭ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ތާ އަބަދަށް ހައްލު ކޮށްދެއްވާނެ ކަމަށެވެ.
އަދި މިސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމަށް ކަމަށް ބުނެ ދީފައިވާ ގޯއްޗާއި ފުލެޓް ތަކުގެ ތެރެއިން ބޮޑުބަޔަކީ ވުޖޫދުގައި ވެސް އަދި ނެތް ތަންތަން ކަމަށް ވިދާޅުވެ މުއިއްޒު ވަނީ މިސަރުކާރުން ގޯއްޗާއި ފްލެޓް ދިން ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.