ރައްޔިތުންގެ މަޖުލީހުގެ މިދިޔަ ދައުރުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހު އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

ފަލާހު ޕީޕީއެމަށް ސޮއިކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައެވެ.

ފަލާހުގެ މެމްބަޝިޕް ފޯމާއި ހަވާލުވެވަޑައިގެންނެވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްއެވެ.

މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުން ލިބުނު ނާކާމިޔާބީއާއެކު ފަލާހު ވަނީ އެ ޕާޓީ ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅިފައެވެ.