ޕީޕީއެމް-ޕީއެންސީއިން ”ދަ ޑިމޮކްރެޓްސް“ އާއި ގުޅޭތާ ހަފްތާއެއް ތެރޭގައި އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން ޖަލުން ނެރެދެއްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ގދ. ގައްދޫގައި ހުކުރު ދުވަހު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ކުރީގެ ރައީސް ނަޝީދު، ވިދާޅުވީ ރައީސް ޔަމީން ޖަލުން ނެރުމަށް ޕީޕީއެމްގެ ލިޑާޝިޕްއިން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ޕީޕީއެމް ލީޑާޝިޕުގައި ޖަލުގައި ރައީސް ޔާމީން ބެހެއްޓުމަށް ބޭނުންވާ މީހުންވެސް ތިބިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ކުރީ ސަރުކާރުގައި އެމަނިކުފާނު ޖަލުގައި ހުންނެވި އިރު ކަންތައްވީ ގޮތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
”އަޅުގަނޑު ޖަލުގައި ނެތީ؛ ކުޑަ ދުވަސްކޮޅަކު އިނދެފައި ފުރައިގެން ދިޔައީ އެމްޑީޕީ މެންބަރުންނަށް އެކަން ކުރަންވެސް އެނގޭތީވެ. އަދި މިއަދު އަޅުގަނޑާއި އެކުގައި މިތިބި އެމްޑީޕީގެ އެތަށް ބޭފުޅުންނެއް ތިބޭފުޅުންގެ މެންބަރު ޒާހިރު އަދި ފިރުޝާން، މި ބޭފުޅުންގެ ގިނަގުނަ ބައިވަރު މަސައްކަތްތަކުގެ ސަބަބުން “ ނަޝީދު ވިދާޅުވިއެވެ.
ރައީީސް ނަޝީދު ވަނީ މީގެ ކުރިން ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ވެސް ރައީީސް ޔާމީން މިނިވަން ކުރަން ގޮވައިލައްވައިފައެވެ.

ޔާމީން ނެރޭނަމޭކިޔާގެންއާދޭސްކުރަނީ ބަލަނަސީދުމެންކޯލިސަ.ްހަދާ ނަސީދުއާއެކު މުޅިކޯލިސަން އެއްބަސްވެގެންނު ޖަލަށް ޔާމީނުލީވެސް ނަސީދުއާ ނުގުޅުނަސް ޕޕމ އަށް.ވެރިކަންލިބިއްޖެއްޔާ.ﷲ ގެއިރާފުޅުންޔާމީނުއިންނަވާނީގޭގައޭ