ހުޅުމާލޭގެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ކަރެކްޝަންސް ސާވިސް އިން ބުނީ މަރުވެފައިވަނީ ބ. ތުޅާދޫ ބޯދި އިސްމާއީލް އަބޫބަކުރު ،55، ކަމަށެވެ.

އޭނާގެ މެޔަށް ތަދެއް އަރައިގެން، މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

އަދި އޭނާގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން އަވަސް ފަރުވާ ދިނުމަށް އިމަޖެންސީއަށް ބަދަލުކޮށް، ފަރުވާ ދެމުންދިޔަ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އަދި ގާތްގަނޑަކަށް 3:25 ގައި އޭނާގެ ހިތްހުއްޓިގެން މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ކަރެކްޝަންސް އިން ބުނެއެވެ.

އިސްމާއީލް އަބޫބަކުރަކީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ މީހެކެވެ.