ކްރިމިނަލް ކޯޓުގައި، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބައްލަވާ ގާޒީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށް ބުނާ ވާހަކަ އަކީ ތެދެއް ކަމުގައިވާނަމަ، އެ ޝަރީއަތަށް ރައްޔިތުންގެ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށް ސަރުކާރުގެ އޮޑިޓިން ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރެއްވި އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ، އަހުމަދު ޝަކީލް، ރޭގަނޑު ދަންވަރުގެ ވަގުތެއްގައި ޖޭއެސްސީއަށް ގެންދިޔަކަން އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ކަމަށް ސަންގު ޓީވީން މިރޭ ވަނީ ރިޕޯޓް ކޮށްފައެވެ.

ސަންގު ޓީވީން ރިޕޯޓް ކުރި ގޮތުގައި ޖޭއެސްސީއަށް ގެންދަވާ ބައްދަލު ކުރެއްވީ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުއާއި ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއާއެެވެ.

ޖޭއެސްސީއަށް ގެންދަވާ ބައްދަލު ކުރެއްވީ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުއާއި ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއާ. މިކަން ދޮގުކޮށްފިނަމަ، ގާޒީ ޖޭއެސްސީއަށް ގެންދިޔަ ތާރީހާއި، ގަޑި، އިތުރު މައުލޫމާތު ހާމަ ކުރެވޭނެ.

މިކަމާ ގުޅިގެން ޒަރިޔަންދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ހިނގި ކަމެއް ކަމުގައިވާނަމަ، ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ޝަކީލު އިންނެވުމަކީ ޝަރީއަތަށް ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަަމަށެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަންއިން ކުރިކަމަށް ތުޙުމަތުކުރެވޭ ކަމެއް ދެންބަލަންޖެހޭނީ ކޮންތާކުންތޯ؟

https://twitter.com/zariyand/status/1535671126478979072

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މައްސަލައިގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް ނިންމައި އިފުތިތާހީ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި، އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ، އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ހިޔާލީ ވާހަކަތަކެއްގެ މައްޗަށް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ގއ.ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންވެސް އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނަކީ މައުސޫމް ބޭފުޅެއް ކަމަށް ނިންމަވައިފައެވެ.