ސަރުކާރުން ނ. މަނަދޫގައި ހިންގި މަޝްރޫއުތަކެއް މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފުތިތާހުކޮށް ދެއްވައިފިއެވެ.
މީގެ ތެރޭގައި ހިމެނެނީ ރަށުގެ ފެނުގެ ހިދުމަތާއި ނ. އަތޮޅު ހޮސްޕިޓަލްގެ ހަ އޯޕީޑީ ރޫމާއި ލެބޯޓްރީ އާއި ނ. އަތޮޅު މަދަރުސާގެ މަލްޓިޕަޕަސް ހޯލާއި، އިންޑޯ ޖިމާއި ފުޓުބޯޅަ ދަނޑާއި ފެނަކަ އޮފީސް ހުޅުވުމެވެ.
މަނަދޫ ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ޕްލޭނިން މިނިސްޓްރީން އިންޑިއާގެ ވިޝްވަރާޖް އެންވަޔަރަންމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ނިންމާފައިވާ ނިޒާމެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމައި މިހާރު ވަނީ 269 ފަރާތަކަށް ފެނުގެ ކަނެކްޝަންސް ގުޅައި ދީފައެވެ.
މިއަދު ހުޅުވި މަލްޓިޕާޕަސް ހޯލަކީ، އެންމެ ޒަމާނީފެން ވަރަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް ހޯލު އިމާރާތެކެވެ. މި ޢިމާރާތުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މަނަދޫ ފުޓުބޯޅަ ދަނޑަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެކެވެ.
މިއަދު ހުޅުވި ފެނު އޮފީސް އިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ.
