މަގުމަތިވީ ޕީޕީއެމް ނޫން ކަމަށާއި، ޕާޓީ ދޫކޮށް ދިޔަ މީހުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީ(ޖޭޕީ)އަށް ސޮއިކުރެއްވުމަށްފަހު ވަހީދު ވިދާޅުވީ ޕީޕީއެމަކީ ބޮޑު ޕާޓީއެއް ނަމަވެސް އެ ޕާޓީގެ އެތެރޭގެ ޑިމޮކްރެސީއެއް ނެތުމުގެ ސަބަބުން އެ ޕާޓީގެ ޓިކެޓުގައި އެއްވެސް މީހަކަށް ރިޔާސީ އިންތިހާބަށް ނިކުތުމުގެ ފުރުސަތެއް ނުދިން ކަމަށެވެ.
އޭގެ ސަބަބުން ޕީޕީއެމްގެ ކެންޑިޑޭޓެއް ރިޔާސީ ރޭހުގައި ނެތް ކަމަށާއި ޕީޕީއެމްގެ 40،000 މެމްބަރުން ތިބީ މަގުމަތިވެފައި ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
”އެގޮތުގެ މަތިން ޕީޕީއެމްގެ މެމްބަރުންނަށް ގޮވާލަން، ވަރަށް ރަނގަޅަށް ވިސްނާވަޑައިގެންފައި ގާސިމް އިބްރާހިމަށް ތިބޭފުޅުންގެ ސަޕޯޓު ދެއްވަން،“ ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ހއ. އިހަވަންދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ ޕީޕީއެމްގެ މެންބަރުން މަގުމަތި ނުވާ ކަމަށާ މަގުމަތީވީ ޕީޕީއެމް ދޫކޮށް ވަޑައިގެންނެވި ބޭފުޅުން ކަމަށެވެ.
އަދި އިދިކޮޅު ލީޑަޝިޕްގައި ވަކި ކަމެއް ހާސިލު ނުވެގެން ވަކި މަގާމެއް ނުލިބިގެން ވަކި ކަމެއް ނުކުރެވިގެން ޕާޓީ ދޫކޮށްލާނެ މީހަކު ނުހުންނާނެ ކަމަށާއި ފާއިތުވި ފަސް އަހަރު އެކަން އޮންނާނީ ސާބިތުކޮށްދީފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”ވަރަށް ބަދަހި ޓީމެއް ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕަކީ. ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގައި ޕީޕީއެމް-ޕީއެންސީގައި އޮތް ވަރުގެ ވަރުގަދަ އެއްބައިވަންތަ ޓީމެއް ނޯންނާނެ،“ އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން ކަމަށާއި އެފަދަ ބޭފުޅުން ޕީޕީއެމުން ހިޔާނަތްތެރިވި ވާހަކަ ދައްކަން ލަދުގަންނަންޖެހޭނެ ކަމަށެވެ.

ތިބުނީ.ވަރަށްރަގަޅުތެދު ރަގަޅުވާހަކައެެެއް ކޮއްމެޕާޓީއަކަސް ދާންވާނީ ވެރިކަންބޭނުންވެގެންނެއްނޫން. ކިތައްމެމޮޅުގާބިލްކަންހުއްޓަސް އެއީތިމާފެންބަތުނެތިގެނެއްނޫނުލިބެނީކީ ނުކިޔަވާތިބިމީހުންވެދް ކުރަނީނު ވެރިކަން އެކަމަކު ނުކިޔަވާމީބިމްވެރިކަމަޒްއެރީމަ އެއީވަރަންއަގުދައްވާކަމެއް ލިޔަންކިޔަންނޭގޭމީހުންވެސް ބުނަނީ ތިމަންނައަށްވެސް ވެރިކަންކުރެވޭނޭ