ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި މިއަދު ހއ.ވަށަފަރަށް ވަޑައިގަތުމުން އެރަށުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
900އެއްހައި މީހުންގެ އާބާދީއެއް އޮންނަ ވަށަފަރަކީ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، މުއިއްޒުގެ ބައްޕާފުޅު، ޝެއިޚް ހުސައިން އަބްދުއްރަހްމާން ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.
މުއިއްޒާއި ކެމްޕެއިން ޓީމު އެރަށަށް ވަޑައިގަތުމުން ވަރަށް ހަތްކޮޅުގެ މަރުހަބާއެއް ވަނީ ކިޔާފައިވާއިރު، ރަށު ރައްޔިތުން ގޮވަމުން ދިޔައީ ”ވަށަފަރު މުއިއްޒު އެއްބުރުން“ ހޮވުމަށެވެ.
އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މުއިއްޒު ވަނީ ރައްޔިތުން ދެންނެވި މަރުހަބާއަށް ޝުކުރު އަދާކުރައްވައި، އެ ރަށަށް ވަޑައިގަތުމުން ވަރަށް ތަފާތު އިހްސާސްއެއް ކުރެއްވޭ ކަމަށް ވިދާޅުވެފައެވެ.

ވަށަފަރަކީ މުޢިއްޒުގެ އުފަން ރަށެއް ނޫން. އެއީ މުއިއްޒުގެ ބައްޕަގެ އުފަން ރަށް. މުޢިއްޒު އުފަންވީ މާލޭގައި. މުޢިއްޒު އުފަންވިއިރު މުޢިއްޒުގެ ބައްޕަ ވަނީ މާލޭގެ ރަށްވެއްސަކަށް ބަދަލުވެފައި.