ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާޙީމް މުޙައްމަދު ސާލިހަށާއި އެމްޑީޕީއަށް ލިބިގެންދަނީ 15 އިންސައްތައާއި ގާތް ކުރާ އަދަދެއްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވަނީ އެމްޑީޕީއަށް އޮތް ތާއީދު ގެއްލިގޮސްފައިވާކަމަށް ސިފަކުރައްވާފައެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ވިދާޅުވީ، ހުވަދޫގައި އެއްގެއިން އަނެއް ގެޔަށް ދަތުރުކުރައްވަމުންދާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ގޭގެއަށް ވަދެ މީހުންނާއި ވާހަކަދައްކަވަމުންދާކަމަށާއި އެހެންކަމުން އެ މަނިކުފާނު ދަންނަވާ ވާހަކަތައް ރައްޔިތުންނަށް ސާފުވާނެކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ހުވަދު އަތޮޅުންނާއި ރާއްޖޭގެ އެހެން އަތޮޅަކުން ނަމަވެސް ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި އެމްޑީޕީއަށް މިހާރު ލިބިގެންދާނީ 15 އިންސައްތައް ނުވަތަ 20 އިންސައްތައާއި ގާތް ކުރާ އަދަދެއްގެ ވޯޓުކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، 20 އިންސައްތައަށް ވުރެ ބޮޑު އަދަދެއް ލިބިގެން ނުދާނެކަމަކީ ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
