އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕޭން ދަތުރުތައް މި ވަގުތަށް ކުރުކޮށްލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
މައުލޫމާތު ލިބޭ ގޮތުން، ރައީސް ސޯލިހުގެ ކެމްޕެއިން ކުރު ކޮށްލެއްވީ އާލާސްކަންފުޅުގެ ސަބަބުންނެވެ.
ޭއެމަނިކުފާން އެންމެ ފަހުން ވަޑައިގެންނެވީ އއ. އަތޮޅަށެވެ. ކެމްޕޭން ދަތުރު ކުރުކޮށްލައްވައި މާލެ ވަޑައިގެންނެވި އިރު، ކުރިން އޮތީ މިއަދު އދ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާ ގޮތަށެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ރައީސް ސޯލިހު ވަރަށް ކުރީކޮޅުގައި ފެއްޓެވިއެވެ.
