ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ސްރީ ލަންކާގެ މަސްބޯޓެއް އަތުލައިގެންފިއެވެ.
އެ މަސްބޯޓު އަތުލައިގަތީ ހއ. ފިއްލަދޫގެ އިރުން 15.2 ނޯޓިކަލް މޭލު ބޭރުން ކަމަށާއި އެމްއެންޑީއެފަށް ރިޕޯޓު ކުރީ އެ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ ”ދުރުރާސްތާ 10“ ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަތުލައިގަތް ބޯޓުގައި 7 މީހުން ތިބި އިރު އެ ދޯނި މިހާރު ކުޅުދުއްފުށި ބަނދަރަށް ވަނީ ވައްދާފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ބޯޓު މާލެ ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
