ރ.މީދޫ ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތް އިން އިއްޔެ ވަނީ މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ތަފްސީލެއް މިނިސްޓްރީން ހާާމަކޮށްފައެއް ނުވެއެވެ.
މީދޫ ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ފުރަތަމަ ލަފާކުރީ 2021 ޖޫން 9 ގައެވެ. އަދި ނިމޭނެ ކަމަށް ލަފާކުރީ 2023 ޖޫން 15 ގައެވެ.