ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ރަސްމީ އިއުލާނުކުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި މުއިއްޒުގެ ކެމްޕެއިން ތަރިޖަމާނު މުހައްމަދު ތަލާލް ވިދާޅުވީ މުއިއްޒުގެ މެނިފެސްޓޯ ލޯންޗު ކުރުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެރޭ 20:30 ގައި ހުޅުމާލޭ ފޭސް 2 ގައި ކަމަށެވެ.
“ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ މެނިފެސްޓޯ އިޢުލާނުކުރުން އޮންނާނީ ހުޅުމާލޭ ފޭސް 2 ބަސް ސްޓޮޕް ކުރިމަތީގައި އޮންނަ ހުސްބިމުގައި.” އޭނާ ވިދާޅުވިއެވެ.
ރިޔާސީ ކެމްޕެއިނުގައި މުއިއްޒު އާއި އެމަނިކުފާނުގެ ރަނިންމޭޓް، ހުސެއިން މުހައްމަދު ލަތީފު(ސެމްބެ) އަތޮޅުތެރެއަށް ދަތުރުފުޅު ކުރައްވަމުން އަންނައިރު، ގިނަ ރައްޔިތުން ގޮވަމުން ދަނީ ”މުއިއްޒު އެއްބުރުން“ ހޮވާނެ ކަމަށެވެ.
