ތ.ވޭމަންޑޫ ކައުންސިލްގެ އަންހެނުންގެ ގޮނޑި އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

Ads by Asuru

އެ ޕާޓީގެ ކެންޑިޑޭޓް، ނާއިލާ މުހައްމަދު ހޮވިފައި ވަނީ އިތުރު ފަރާތަކުން ފުރިހަމަ އެޕްލިކޭޝަނެއް ހުށަހަޅައިފައި ނުވާތީއެވެ. މި ބައި އިލެކްޝަނަށް އެމްއެންޕީގެ ކެނޑިޑޭޓެއް ވެސް ކުރިމަތިލެއްވިއިރު، އެ ކެންޑިޑޭޓްގެ ހުށަހެޅުން ފުރިހަމަ ނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ހުށަހެޅުން ބާތިލްކޮށްފައެވެ.

ވޭމަންޑޫ ކައުންސިލްގެ އަންހެނުންގެ ހާއްސަ ގޮނޑިއެއް ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި މެންބަރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ވޭމަންޑޫ ކައުންސިލްގެ މެޖޯރިޓީ އޮތީ ވެސް ޕީޕީއެމަށެވެ.