އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ފާރިސް މައުމޫންގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަގަހަ، ރޭ މ.ވިކްޓްރީ ހައުސްގައި ހުޅުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ހަރަކާތުގައި އެމްއާރްއެމްގެ ލިޑަރޝިޕްގެ އިތުރުން، ފާރިސްއަށް ތާއީދުކުރާ މީހުން ބައިވެރިވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރޭ މ.ވިކްޓްރީ ހައުސްގައި ފާރިސްގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ އާދައިގެން ދިރިއުޅެމެއް އުޅެމުން އަންނަ ރައްޔިތުންނަންވެސް ހާއްސަ ސަމާލުކަމެއް ދީގެން އެފަރާތްތަކަށް އަޅާލައްވާނެ ކަމުގައެެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.
