އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގައި އަމިއްލަ އެދުމައިގެން ކުރިޔަށް ދިއުމުގެ ވިސްނުން ހުންނަ އެއްވެސް މީހަކަށް ޖާގައެއް ނެތް ކަމަށް ޕީއެންސީގެ ރައީީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް މިފަދައިން ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީީސް ވަހީދަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އަބަދުވެސް ކުރިޔަށް ދާނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ އިރުޝާދާއި ލަފާގެ މަތީންކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓު ދޭން ނިންމަވައި، އެކަމަށް ތާއީދު ކުރެއްވީ ވެސް ރައީސް ޔާމީން ކަމަށެވެ. އެހެންކަމުން ސުވާލު އުފައްދައި، އެކަމަށް ޝައްކު އުފައްދަން ޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއަކީ ވެސް ރައީސް ޔާމީންގެ ދެ ޕާޓީކަމަށާއި، ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީންގެ ތާއީދު އޮތް ކެންޑިޑޭޓަކަށްވުމުން އެހާ ހިސާބުން ކުރިޔަށް ދެވޭނެ ކަމުގައެވެ.

އެހެންކަމުން ބޭނުންވާހާ ކަމެއް އަދި ޕާޓީތެރެއިން ނުވެ ހިނގައިދާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މުއިއްޒު ރިޔާސީ ޓިކެޓު ހޯއްދެވީ ވެސް ގަދަކަމުން ނޫން ކަމަށެވެ.