Advertisement
ފަސް އަހަރު ނިމިގެންދާއިރު، މި ސަރުކާރުން ދައްކަނީ ކުރީ ސަރުކާރުގެ ވާހަކަ: މުއިއްޒު
19 އޯގަސްޓް 2023

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، ފަސް އަހަރު ނިމިގެންދާއިރު ވެސް ދައްކަނީ ކުރީ ސަރުކާރުގެ ވާހަކަ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ވ.ފެލިދުއަށް ކުރެއްވި ކެމްޕެއިން ދަތުރުގައި އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ސަރުކާރަކުން، ކުރީ ސަރުކާރުގެ ވާހަކަ ދައްކައިގެން، ޒިންމާއިން ރެކެން މަސައްކަތެއް ނުކުރާނެ ކަމަށެވެ.

މުއިއްޒުގެ ވާހަކައިގައި ފެލިދުއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، މި ސަރުކާރުން އެކަންކަމަށް އިހުމާލު ވެފައިވާކަމަށެވެ.

އަދި މި ސަރުކާރުން އިހުމާލުވާ ކަންތައްތައް ކުރުމަކީ ދެން އަންނަ ސަރުކާރަކުން ކުރަން ޖެހޭނެ ކަންތައްތައް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް ހިދުމަތް ދިނުމުގައި ތަފާތުކުރުމެއް ނެތި އެކަމެއް ކޮށްދެއްވާނެއެވެ.

ފެލިދޫގެ ކުރިއެރުމަށްޓަކައި ފާހަގަކުރި ހުރިހާ ކަމެއްގެ ތެރެއިންވެސް ގިނަ ކަންކަން ހާސިލު ކުރުމުގައިވެސް އެންމެ މުހިންމީ ބިން އިތުރު ކުރުންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ބިން އިތުރުކުރުމުގެ މަޝްރޫއު ހިންގައިގެން ނޫނީ ގެދޮރުވެރިކަމުގެ މައްސަލައާއި ކުޅިވަރުކުޅުމުގެ ވަސީލަތްތައްވެސް ގާއިމު ނުކޮށްދެއްވޭނެ ކަމަށެވެ. 

Ads by ooredoo maldives