ެކެމްޕޭނަށް ހުރަސްއަޅައި އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން މިރޭ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ މިއަދު ހަވީރު ކ.ގުރައިދޫގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއާއި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިންގުމުންނެވެ.

މިގޮތުން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެމްޕޭނު ކުރުމުގައި ވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައި ވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ، ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި މިފަދަ ކަންކަމުން ދުރުވެތިބުމަށް ވެސް އިމްރާާން ގޮވާލައްވައިިފައިވެއެވެ.

ގުރައިދޫގައި ހަމަނުޖެހުން ހިންގީ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގަންނަވާތީއެވެ.