ސިފައިންގެ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އެމްއެންޑީއެފްއިން ހާމަ ކުރާ ގޮތުގައި، ކުއްލި ގޮތަކަށް ނިޔާވީ ސިފައިންގެ ހިދުމަތުގައި 26 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސާޖަންޓް މުހައްމަދު އަހްމަދު ދީދީއެވެ.
އޭނާ ނިޔާވެފައިވަނީ މިއަދު ނޯތު ހާބަރުގައި ހުއްޓާ ކުއްލިއަކަށް ހޭނެތިގެން ވެއްޓުމާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. ނިޔާވިއިރު، ސާޖަންޓް މުހައްމަދު ދީދީގެ އުމުރަކީ 45އެވެ.
