ކުރީގެ ނޫސްވެރިޔާ އާއިޝަތު އާނިޔާ މަރުވެއްޖެއެވެ.

Ads by Asuru

އާނިޔާ މަރުވީ ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް އިންޑިއާގެ ބެންގަލޫރުގައެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު އުފެއްދި މިނިވަން ނޫސް ހިންގުމުގައި އާނިޔާ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. އޭގެފަހުން އޭނާ ވަނީ ’މިނިވަން ރޭޑިއޯ‘ ވެސް ހިންގާފައެވެ.

މީގެއިތުރުން އާނިޔާއަކީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކޮށްފައިވާ މީހެކެވެ. އޭނާ އެމްޑީޕީން ވަކިވީ އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް 2022 ވަނަ އަހަރުއެވެ.