ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވަނީ ކ .އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެ އިދާރާއިން ބުނީ ހަވީރު 5 ޖެހުމާ ހަމައަށް އެ ސަރަހައްދުގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.

އެގޮތުން މި މަސްތެރޭ މާލެ އަށް ވެސް ވަރަށް ބޮޑަށް އުދަ އަރައި ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވެއެވެ.