ރާއްޖޭގެ ދީނީ އިލްމުވެރިޔާ އުސްމާން އަބްދުﷲ އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަވީއިރު، އުމުރުފުޅަކީ 85އެވެ. ޝެއިހު އުސްމާން އަވަހާރަވީ މިއަދު ފަތިހުއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު އިސްލާމިކް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އުސްމާން ވަނީ ކުރިން މާލޭގެ މިސްކިތްތަކާއި ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް، އާންމުކޮށް ދަރުސް ދެއްވައިފައެވެ.

އުސްމާން  އަކީ ކުއްލިއްޔާ އުސޫލުއްދީން ވައްދައުވާއިން މަތީ ތައުލީމު ހާސިލުކުރެއްވި ބޭފުޅެކެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް އުފައްދަވައި އެތަން އުވާލަންދެން އުސްމާން އެތަނުގައި ކިޔަވައި ދެއްވިއެވެ.