ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް އެޑްރެސްކޮށް ސިރާޖު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އެމްޑީޕީގެ މެމްބަރެެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާ ކަމަށެވެ.

އެހެންވެ، އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށް، ޕާޓީގެ ދަފްތަރުން މިއަދު ފެށިގެން އުނިކޮށް ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ސިރާޖު އެމްޑީޕީން ވަކިވެވަޑައިގަތުމުން، އެ ޕާޓީން ވަކިވެވަޑައިގެންނެވި މެމްބަރުންގެ އަދަދު ވަނީ 15އަށް އަރައިފައެވެ. ސިރާޖަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ހަރަކާާތްތަކުން ވެސް ފެނިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ.