ތ.ކިނބިދުއާއި ށ.ފުނަދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ޕްލޭނިންގ މިނިސްޓްރީގައި ވަކިވަކިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލު ކުރީ 148،207،546.80 340 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޝިޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފުނަދޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރީ 139،722،300 ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެހެން ރަށްތައް ހަފުތާއެއް ތެރޭގަ އެބަ ނިމޭ. މިރަށްތައް ނިންމަން އަހަރެއް. މީކޮންކަހަލަގެ އިންތިހާބީ ވައުދެްްބާ. ދައްކާލާ ހުސްވައުދު