ހެރިޓޭޖް މިނިސްޓަރު ޔުމްނާ، ރަސްމީކޮށް ރައީީސް ސޯލިހުގެ ފަޅިއަށް

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާކަން ރަސްމީކޮށް ހާމަކުރައްވައިފިއެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި މިކަން ރަސްމީކޮށް ހާމަ ކުރެއްވިއިރު، އެކަމަނާ މީގެ ކުރިން ވެސް ގެންދެވީ ރައީސް ސޯލިހަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުންނެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ މުހިންމު ކަމެއް ކަމަށް އެކަމަނާ ގަބޫލު ކުރައްވާ ކަމަށެވެ.

”ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދޭން މި ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކާއި މަޝްރޫއުތައް ކުރިއަށް ގެންދިއުން މުހިންމު.“. ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާގެ ކޮއްކޮ ފާރިސް މައުމޫން މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވައެވެ.

  1. ވަރަބިންދާލި ކޮތަރު

    އަމިއްލަ ކޮއްކޮ ވެރިކަމަށް ކެޑިޑޭޓެއްގެ ގޮތުގަ ނިކުމެ ހުންނެވި އިރު . ރައީސްސޯލިހަށް . ކިރިޔާވެސް ލޭގެ ގުޅުމުގަ ރަހުމު ހުންނަ މީހުން މިފާޑަށް ކަން ކުރާތަނެއް ނުފެނޭ . އާއިލާތަކުގެ ބޮޑު ކަމާ ބާރުގަދަ ކަން ފެންނަނީ އެއްމެން އެކެއްޗެއް ކިޔާތީ . ބާރުގަދަ ނުޒޫފު ގަދަ ނަތީޖާ ބަދަލު ވެސް ކޮއް ލަނީ އެއްފިކުރެއްގަ ތިބެ .ބޭބެ ތާއީދު ކުރާނަމަ ކޮއްކޮއިން ގެ ވޯޓް ލިބޭނެ ކަމުގެ ގެރެންޓީދީ ގެން . ދައްތައިން މިފެންނަނީ ކޮއްކޮއަށް މޮޅެއް ހޯދައިދޭން ނުއުޅެ ބޭރު ހިލޭމީހަކަށް ކަން ކަންކޮއްދޭން ބައިއަތު ހިފާތަން . ކޮއްކޮއަަށް ކާމިޔާބު ނުވާހެން ހީވާތީ މިނިސްޓަރ ކަމުގެ ބޭނުމަށް ތިމާގެ ކޮއްކޮ އަށް ގާބިލް ކަމެއް ނެތް މީހާއަށް ސަޕޯޓް . ޕާޓިއަށް ނުވާއިރު . ޣައްސާނަށް ނިސްބަތް ކޮއް ބުނެވެން ނެތް . ޕާޓީއަށް ތާއީދު ކުރާތީ . ތާއީދު ކުރައްވަނީ ވެސްއިލްމީފަރާތަކަށް އަދި ބޮޑުބޭބެ ތާއިދު ކުރާފަރާތަށް .