މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ށ.ފޯކައިދޫއަށް ވަޑައިގަތުމުން، އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރިޔާސީ ކެމްޕެއިނުގައި މިއަދު މުއިއްޒު ވަޑައިގެންފައި ވަނީ ށ.އަތޮޅުގެ ރަށްތަކަށެވެ. ޕީޕީއެމް-‏ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު މުއިއްޒު މިއަދު ށ.ކޮމަންޑޫ އާއި މިލަންދުއަށް ވަޑައިގަތުމުން، އެ ރަށްރަށުން ވެސް ވަރަށް ގިނަ ރައްޔިތުން ނުކުމެ، ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައިވެއެވެ.

ފޯކައިދޫންވެސް، މިރޭ މުއިއްޒުއަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުން ގޮވައިލީ ”ޑރ.މުއިއްޒު އެއްބުރުން“ ކަމަށެވެ.

މުއިއްޒުގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކޮށްފައިވާއިރު، 19 ބާބު ހިމެނޭ މި މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ގެދޮރުވެރިކަމަށެވެ.