އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ބައެއް ވޯޓުފޮށިތައް ބަހައްޓާ ތަންތަނަށް ބަދަލު ގެނެސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ބެހެއްޓުމަށް އިއުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ބައެއް ވޯޓު ފޮށިތަކުގެ ވޯޓުލާ ސަރަހައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން އިސްލާހު ކުރެވިފައިވާ ކަމަށެވެ.
ވޯޓު ފޮށީގެ ނަންބަރާއި މިހާރު ފޮށި ބަހައްޓާ ތަން:
ހެންވޭރުހުޅަނގު-1 :އަރަބިއްޔާ ސްކޫލްގެ ކޮމްޕައުންޑް ކައިރީ އޮންނަ ހުސް ޖާގަ (ކުރީގެ ދަރުމަވަންތަ ސްކޫލް, މެދުޒިޔާރަތް މަގު)
ރ. އަތޮޅު, މާލެ-5 :އަރަބިއްޔާ ސްކޫލްގެ ކޮމްޕައުންޑް ކައިރީ އޮންނަ ހުސް ޖާގަ (ކުރީގެ ދަރުމަވަންތަ ސްކޫލް, މެދުޒިޔާރަތް މަގު)
ގަލޮޅުއުތުރު-1: ކުރީގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން, ސްކޫލް ހޯލުގެ ދެކުނު (ލިލީ މަގު)
މައްޗަންގޮޅިއުތުރު-1:ކުރީގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ކްލާސް ރޫމް 5 (ލިލީ މަގު)
ކ. އަތޮޅު, މާލެ-1:ކުރީގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން ސްކޫލް ހޯލުގެ އުތުރު (ލިލީ މަގު)
މ. އަތޮޅު, މާލެ-1: ކުރީގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން ސްކޫލް ހޯލުގެ މެދު (ލިލީ މަގު)
ގއ. އަތޮޅު, މާލެ-6: ކުރީގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ކްލާސް ރޫމް 6 (ލިލީ މަގު)
ރ. އަލިފުށި-3 : އަލިފުށި ސްކޫލުގެ އީ ބްލޮކް ހުޅަނގު ފަރާތް
ރ. ހުޅުދުއްފާރު-1: ހުޅުދުއްފާރު ސްކޫލުގެ މަލްޓި ޕާޕަސް ހޯލު
ރ. ހުޅުދުއްފާރު-2 : ހުޅުދުއްފާރު, މަތާރަން މާލަމް
ހއ. އަތޮޅު, މާލެ-4: ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ކްލާސް ރޫމް 1D
އދ. މަހިބަދޫ-1: އދ. މަހިބަދޫ އިޖުތިމާޢީ މަރުކަޒުގެ ހޯލު
އދ. މަހިބަދޫ-2:އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖަލްސާކުރާ ހޯލު
މި އަހަރުގެ ރިޔާސީ އިންތިހާބުގައި، 282،395 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެތެރެއިން، މުޅިން އަލަށް ވޯޓުލާ 27،006 މީހުން ހިމެނެއެވެ.
