ބަނގުރަލުގެ މައްސަލައެއްގައި ޕީއެސްއެމްގެ ކުރީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ހައްޔަރުކޮށްފިއެވެ.

މ.ޕެޓީވިލާ، ޝާޔަން ހައްޔަރުކޮށްފައި ވަނީ ގަވާއިދާއި ހިލާފަށް ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

އޭނާ ބަންދުން ދޫކޮށްލާފައި ވަނީ އޭނާ ހުރި ތަނުން ފެނުނު ބަނގުރާ ދަޅު ތަކަކީ އޭނާގެ ފިރިމީހާގެ ތަކެތި ކަމަށް ބުނެފައިވާތީ އާއި އޭނާއަކީ ކުށުގެ ރެކޯޑް އޮތް މީހަކަށް ނުވާތީއެވެ.

އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަަމަށް ވެސް ބުނެފައި ވެއެވެ.

އެ މައްސަލައިގައި ޝާޔަންގެ އިތުރުން ހަ މީހަކު ހައްޔަރު ކުރިއެވެ.

އޭގެ ތެރެއިން ޝާޔަންގެ ފިރިމީހާ ވެސް ހިމެނެއެވެ.