ދައުލަތުގެ މީޑިއާއިން ރިޔާސީ ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޝޯގައި ބައިވެރިވެވަޑައިގަންނަވަން އެރުވި ދައުވަތު، ޕީއެންސީގެ ރިޔާސީ ކެންޑިޑެޓް ޑރ.މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް(ސެމްބެ) ގަބޫލުކުރައްވައިފިއެވެ.
މި ޕްރޮގުރާމު އޮންނާނީ މިމަހުގެ 30 ބުދަ ދުވަހުގެރޭ 21:00 އިން 23:00 އަށެވެ.
ބަހުސްގައި ސެމްބެ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
ޕީއެސްއެމްއިން ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެރޭ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްއެވެސް ބޭއްވުމަށް ނިންމާފައެވެ.
މި ބަހުސް އަދި ސަންގު ޓީވީގެ ރިޔާސީ ބަހުސްގައިވެސް ޕީއެންސީގެ ކެންޑިޑޭޓް، މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. ނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އެއްވެސް ބަހުސެއްގައި ބައިވެރިވެވަޑައިނުގަންނަވާނެއެވެ.
