އަރަބި ކަނޑުގެ ތެޔޮ ހޮޅިތައް ކ.ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އެކަން ކުރާނެ ކަމަށް ވިދާޅުވެ، ޕީޕީއެމް-ޕީއެންސީއަށް ރައްޔިތުން އެދޭ ކަންކަން ކޮށްދެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް އެދިވަޑައިގަތީ ކަންކަން ކުރެވޭނެ ބަޔަކާއި ގައުމު ހަވާލު ކުރާށެވެ. އެގޮތުން މުއިއްޒު އިންތިހާބު ކުރުމަކީ ގައުމީ ވެރިކަމެއް ކުރަން ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށް ވިދާޅުވެ، އެ ގައުމީ ވެރިކަން ހޯދަން ނުކުމެ، އެންމެ ކުރީ ސަފުގައި ތިއްބެވީ ޝަހީމް ފަދަ ބޭފުޅުން ކަމަށް ވިދާޅުވިއެވެ.
”މި ދެންނެވީ ތެޔޮ ހޮޅިތައް ގެންނަ ވާހަކައެއް ނޫން، މި ދެންނެވީ އިސްލާމީ ގައުމުތަކުގެ ރައްޔިތުން ކައިގެން ތިބިއްޔާ، އަޅުގަނޑުމެން ތިބޭނީ ކައިގެން. މިއީ ސަމާސާ ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީކީއެއް.“
ޝަހީމް ވިދާޅުވީ މުއިއްޒު އަކީ ސަމާސާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނާއިއެކުގައި ދިވެހި ޒުވާނުން މިއަދު ތެދުވާން ޖެހޭ ކަމަށެވެ.
”10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖެއަށް އައި އުމްރާނީ ތަރައްގީގެ އެންމެ ވަރުގަދަ މޭސްތިރި އަކީ ޑރ.މުއިއްޒު.“
ޕީޕީއެމް-ޕީއެންސީގައި ތިބީ ގާބިލު މީހުންކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، ބަކަރި ހުއިހައްޕާ މީހުންނާއި މި ގައުމު ހަވާލު ކުރަން ނުޖެހޭނެ ކަމަށެވެ.
ސަހީމަކީ ޔާމީނުފަދަ އިން ކޮޕްސަނައްހިތްވަރުދޭން އެދޭ ބޭފުޅެއް ލަޑަޔާ ގުޅޭނީ ހަމަ ލަޑާ އަހިވަކާޖެހި އަހިވަކެއްފާވާނެ