އެކަނިވެރި މައިންނާއި ބަފައިންނަށް ދަރިން ބެލެހެއްޓުމަށްދޭ އެލަވަންސް ބޮޑުކޮށްދިނުމަށް ޕީޕީއެމް-ޕީއޭންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށްދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްދޭން ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕެއިނުގައި، ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންމުއިއްޒު ވިދާޅުވީ މިހާރު ދޭ އެލަވަންސުން އެއްވެސް ކަމެއް އެކަށޭނެ ވަރަކަށް ނުކުރެވޭ ކަމަށެވެ.
“ އެކަމަކު ގެޕެއް އިންނާނެ އެ އެލަވަންސް 4 ކުދިންނާއި ހަމައިން 12000 ރުފިޔާއަށް ދޭ ގޮތަށް. ކޮންމެ ކުއްޖަކަށް 3000 ރުފިޔާގެ މަގުން އެލަވަންސް ދޭނީ “މުއިއްޒު ވިދާޅުވިއެވެ.
އަދި މިކަމުގެ ސަބަބުން އެފަދަ މައިންނާއި ބަފައިންނަށް ވަރަށް ފަސޭހަވެގެން ދާނެ ކަމަށް ގަބޫލު ލުކުރެއްވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމަ ތިގޮތައް ތުއްތު ކުއްޖާއައް ކޯޓު މެދުވެރިކޮއް ދޭ ހަރަދުގެ ވާހަކަވެސް ދައްކަބަލަ..