ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަކީ ދީނީ ކަންކަމަށް އިސްކަން ދެއްވާ ބޭފުޅެއްކަން ހާމަކޮށްދޭ އިތުރު ކަމެއް އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން، މިއަދު ފާހަގަވެ، އެތައް ބަޔަކު މުއިއްޒުއަށް ތައުރީފު ކޮށްފިއެވެ.
މާލެ ސިޓީގެ މޭޔަރު، މުއިއްޒު އަކީ ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެވަޑައިގަންނަވާ ބޭފުޅެއްކަން މީގެ ކުރިން ބައެއް ދީނީ އިލްމުވެރިން ވެސް ފާހަގަކުރައްވައިފައިވެއެވެ.

ގދ.ނަޑެއްލާއަށް މިއަދު ވަޑައިގެން، މުއިއްޒު ރައްޔިތުންނާއި ބައްދަލު ކުރައްވަން ހަމަޖެހިފައި އޮތް ވަގުތަކީ ނަމާދު ވަގުތަށް ވުމުން، އިސްކަން ދެއްވީ އެ ފަރުޟު އަދާ ކުރެއްވުމަށެވެ. އަދި ސަޕޯޓަރުންގެ ކިބައިން ވެސް އެދިވަޑައިގަތީ ނަމާދަށް އަވަސްވެގަތުމަށެވެ.
މިކަމަށް ތައުރީފު ކުރަމުންދާ ގިނަ ބަޔަކު ބުނާ ގޮތުގައި، ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވާއިރު، ރާއްޖެއަށް ބޭނުންވަނީ މުއިއްޒު ފަދަ، ދީނަށް އިސްކަން ދެއްވާ، ތައުލީމީ، ގާބިލު ބޭފުޅެއް ކަމަށެވެ.

މުއިއްޒެއްކަމަކު ދަތުރުވެރިޔާގެ ނަމާދު ނުކޮށް ފޮޓޯ ނަގަން އުޅެގެން ނުވާނެ